އާސަންދަ ސްކީމް - ބޭސްފަރުވާ ރާއްޖެއިން ބޭރުން

ރާއްޖެއިން ބޭރުގައިވާ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް

އަމިއްލަ ގޮތުން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ބަލިމީހުންނަށް، އާސަންދައިގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ (އެމްޕެނަލްޑް) ހޮސްޕިޓަލްތަކުގެ ތެރެއިން ހަމައެކަނި އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލްތަކުން ދޫކުރާ ލިޔެކިޔުންތައް ބަލައިގަނެވޭނެއެވެ.

މި ޚިދުމަތް ދިނުމުގައި ބަލައިގަނެވޭނީ ތިރީގައިވާ ކަންކަމަށެވެ:

  • ކުއްލި ނުރައްކަލުގެ ސިއްހީ ހާލަތްތަކުގައި ދޭންޖެހޭ ފަރުވާ.
  • ދިވެހިރާއްޖެއިން ލިބެން ނެތް ފަރުވާތައް.

ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވާ ބަލިމީހުންގެ ކޭސް ކުރިއަށްދާ ގޮތުގެ މައުލޫމާތު (Case status updates)، ވޯޓްސްއެޕް ނަންބަރު 9210400 މެދުވެރިކޮށް އޮޅުންފިލުއްވޭނެއެވެ.

 

ޚިދުމަތަށް އެދުން:

ރާއްޖެއިން ބޭރުގައި ހުސްނުވާ އާސަންދައިގެ ޚިދުމަތް ހޯއްދެވުމަށް ބޭނުންވާނަމަ އާސަންދަ ޕެނަލްގައި ހިމެނޭ ހޮސްޕިޓަލެއް މެދުވެރިކޮށް ބައްޔާގުޅޭ ލިޔުންތައް އާސަންދަ އޮފީހަށް ހުށަހަޅުއްވާނީއެވެ. 

މިގޮތުން ހުށަހަޅުއްވަންޖެހޭ ލިޔުންތަކަކީ:

  • ބަލި (ޑައިގްނޯސިސް) އަދި ބަލިމީހާގެ ޙާލަތު އެނގޭ ފަދަ ލިޔުންތައް
  • ފަރުވާދޭނެގޮތުގެ ތަފްޞީލު ( ހަދަންޖެހޭ ޓެސްޓްތަކާއި ކުރަންޖެހޭ އޮޕަރޭޝަނެއް)
  •  ބަލިމީހާގެ އައި.ޑީ. ކާޑު ދެފުށުގެ ކޮޕީ
  • ރާއްޖޭން ބޭރުގެ ގުޅޭނެ ނަންބަރު

މިފަދަ ހާލަތްތަކުގައި ރެކޮމެންޑޭޝަން ފޯމު (ތާއީދުކުރާ ފޯމު) ހުށަހަޅާކަށް ނުޖެހޭނެއެވެ.