އާސަންދަ ސްކީމް - ބޭސްފަރުވާ ރާއްޖެއިން ބޭރުން
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން
ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވޭނީ ރާއްޖެއިން ލިބެންނެތް ފަރުވާ ތަކަށެވެ. ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ފޮނުވާ ރިފަރަލްތައް ފާސްކުރަނީ އާސަންދައިގެ މެޑިކަލް ޓީމުންނެވެ.
ބެންކޮކް ނުވަތަ ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފަރ ކުރުމުގައި، އާންމުކޮށް ރާއްޖޭން ބޭރަށް ބަލިމީހުން ފޮނުވުމުގައި އަމަލުކުރާ އުސޫލުތަކުގެ އިތުރުން، ހާއްސަ އިތުރު ޝަރުތުތަކަކަށް ބެލޭނެއެވެ. މި ގައުމުތަކަށް ބަލިމީހުން ރިފަރ ކުރަން ނިންމޭނީ، ބޭނުންވާ ފަރުވާ އިންޑިއާ ނުވަތަ ސްރީލަންކާގައި ކަނޑައެޅިފައިވާ (އެމްޕެނަލް ކުރެވިފައިވާ) ހޮސްޕިޓަލްތަކުން ލިބެން ނެތް ހާލަތްތަކުގައި އެކަންޏެވެ.
ޚިދުމަތަށް އެދުން
ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށްޓަކައި ބޭނުންވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު އާސަންދަ ޕޯޓަލް، ފްރަންޓް އޮފީސް، އަތޮޅުތެރޭގެ ކައުންޓަރުތައް އަދި އީމެއިލް މެދުވެރިކޮށް މި ޚިދުމަތަށް ހުށަހަޅަންޖެހޭނެއެވެ. ފުރިހަމަކޮށްފައިވާ ފޯމާއި ލިޔުންތައް އާސަންދަ އޮފީހަށް ބަލައިގަންނަ ވަގުތުން ފެށިގެން ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބެއް އެރުވޭނެއެވެ. މެޑިކަލް އޮތޮރައިޒޭޝަން ސެކްޝަނުން އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާ ހުށަހެޅުންތައް (ފޯމުތައް) މީގެތެރެއިން އިސްތިސްނާވާނެއެވެ. މިފަދަ ފޯމްތަކަށް އެންމެ ގިނަވެގެން 3 ދުވަސް ތެރޭ ޖަވާބެއް އެރުވޭނެއެވެ.
ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމަށް އެދި ހުށަހަޅާނެ އިޖުރާއަތްތައް