ކޮމެޓީތައް
ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އުފައްދާފައިވާ ކޮމިޓީތައް މުރާޖަޢާކޮށް ހިއްސާ ކުރަމެވެ.
ޕޮލިސީ ކޮމިޓީ
ކުންފުނީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކުލަވާލެވޭ ސިޔާސަތުތައް މުރާޖަޢާކޮށް ފާސްކުރުމާއި، ކަނޑައެޅިފައިވާ އެފަދަ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުވަމުންދާކަން ކަށަވަރުކޮށް ބެލެހެއްޓުން.
ވިނަވި ކޮމިޓީ
ކުންފުނީގެ އައި.ޓީ އިންފްރާ ސްޓްރަކްޗަރގެ ޑިވެލޮޕްމެންޓުތައް ގެންދާނެގޮތުގެ އިސްކަންދޭ ތަރުތީބެއް ކަނޑައަޅައި، އައިޓީއަށް ބޭނުންވާ ވޯކް ފްލޯ ގުޅުންހުރި ސެކްޝަންތަކާ ގުޅިގެން ހެދުމާއި، ފީޗަރ ޑިވެލޮޕްމެންޓް ފެށުމުގެ ކުރިން ޑޭޓާ ޕޮއިންޓުތައް ފައިނަލްކުރުން.
ޓެންޑަރ އިވަލުއޭޝަން ކޮމިޓީ
ކުންފުންޔަށް ހުށަހެޅޭ ބިޑްތަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުންތައް ދިރާސާކޮށް، މުދާ ނުވަތަ ތަކެތި ހޯދުމަށް އެދިފައިވާ ސެކްޝަނުގެ ބޭނުންތަކާއި މުދާ ނުވަތަ ތަކެތި ހޯދުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން، ބިޑްތައް ވަޒަންކޮށް ގޮތް ނިންމުން
ހިއުމަން ރިސޯސަސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޮމިޓީ
މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ތަމްރީނު ބޭނުންވާ ކަންކަން ދެނެގަނެ ހިއުމަން ރިސޯސަސް ސެކްޝަން މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގުމާ، މުވައްޒަފުންނާ ގުޅޭގޮތުން ހުށަހެޅޭ ޑިސިޕްލިނަރީ މައްސަލަތަކުގައި ފިޔަވަޅު އެޅުމާއި މުވައްޒަފުންނާ މެދު ޢަމަލުކުރަމުންދަނީ އެއްހަމަޔަކުން ކުންފުނީގެ އުޞޫލުތަކާއެއްގޮތަށްކަން ކަށަވަރުކުރުން
ކޮރަޕްޝަން ރެސްޕޮންސް ކޮމިޓީ
ކުންފުނީގެ މުވައްޒަފަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ހިނދު ޕޮލިސީއާ އެއްގޮތަށް މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅުއެޅުން
މުރާޖަޢާ ކޮމިޓީ
މުވައްޒަފުންނާއި ގުޅުންހުރި ކޮމިޓީ ތަކުން ނިންމާ ނިންމުންތަކަށް ހިތްހަމަ ނުޖެހޭ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމުން އެކަން ބަލާ މުރާޖާ ކުރުނ
ޑިކްލަޔަރ ކޮމިޓީ
ކުންފުނީގެ މަސައްކަތް ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި ސްކީމް ހިންގުމަށް ކުންފުންޔާ އެއްކޮށް މަސައްކަތް ކުރާ ފަރާތްތަކުން ދޭ ހަދިޔާ އާއި ތަކެތީގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ބެލެވިދާނެ ތަކެއްޗާއި އަމަލުތައް ކަނޑައަޅާ، އެފަދަ ހާލަތުގައި އަމަލު ކުރާނެ އުސޫލު ހަދާ ބެލެހެއްޓުން
ބިޑް އޮޕަނިން ކޮމިޓީ
ބިޑް ހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތުގައި ހާޟިރުވެ ތިބި ފަރާތްތަކުގެ ކުރިމަތީގައި ބިޑް ހުޅުވުން
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 16-2014) ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، ތަޙްގީގްކޮށް ފިޔަވަޅު އެޅުން
ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ
ޤާނޫނު ނަންބަރު: 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުން ޝާޢިއުކޮށްފައިވާ ގަޢިޑްލައިންގެ ދަށުން ވިސްލްބްލޯކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި މަޢުލޫމާތުތައް ތަޙްގީގުކޮށް ފިޔަވަޅުއެޅުން
ޕްރޮކިޔުމަންޓް ގްރީވަންސް ކޮމިޓީ
ޕްރޮކިއުމަންޓް ޕްރޮސެސްގެ ޓެންޑަރިންގ އަދި ކޮންޓްރެކްޓިންގ މަރުހަލާތަކުން އުފެދޭ ޝަކުވާތަކާއި މައްސަލަތައް މުރާޖަޢާކޮށް، ތަޙުޤީޤުކުރުން