ކުންފުނީގެ ތަޢާރަފް
ތަޞައްވަރު
މުހިންމަތް
އަހަންމިއްޔަތުކަންދޭ އަގުތައް
ލޯތްބާއި އިޙްތިރާމް
ރައްޔިތުންނަށްދޭ ޚިދުމަތްތަކަކީ، އިޙްތިރާމާއި، ހިނިތުންވުމާއި، ލޯތްބާއެކު ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.

ނަޒާހަތްތެރިކަމާއި އިތުބާރު
މަސްލަހަތްތެރިންނާއެކު ދެފުށް ފެންނަ ގޮތެއްގައި، ތެދުވެރިކަމާއެކު މަސައްކަތް ކުރުން.

އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވި ޚިދުމަތުގެ އަމާޒު
ކުންފުނީގެ މަސައްކަތްތައް ހެކީގެ މައްޗަށް ބިނާކޮށް، އުފެއްދުންތެރި ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު ތަރައްޤީކޮށް ހަރުދަނާކުރުން.

އެއް ރޫޙެއްގައި ބަދަހިކޮށް މަސައްކަތްކުރުން
ހުރިހާ މުވައްޒަފުންނަކީވެސް އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކުވެރި މާހައުލެއްގައި މަސައްކަތްކުރާ، ޤާބިލު އަދި ޒިންމާދާރު މުވައްޒަފުންތަކެއްކަން ކަށަވަރުކުރުން.
ހާސިލް ކުރެވުނު ލަނޑުދަނޑިތައް
އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުން
2024
'މައި އާސަންދަ' ޕޯޓަލް ތަޢާރަފްކުރުން
2023
'ވިރަ' ޚިދުމަތް ތަޢާރަފްކުރުން
2022
އެސްއެމްއެސް ނޮޓިފިކޭޝަން ސަރވިސް ތަޢާރަފްކުރުން
2021
'އާސަންދަ' މޮބައިލް އެޕް ތަޢާރަފްކުރުން
2020
'މެރަނާ' ސްކީމް ތަޢާރަފްކުރުން
2019
ހުޅުމާލެ ހޮސްޕިޓަލު ހިންގުން އާސަންދަ ކުންފުންޏާ ހަވާލުކުރުން
2016
ކުންފުނީގެ ހިންގުމަށް ބަދަލުގެނައުން
2015
"ހުސްނުވާ އާސަންދަ" ސްކީމް ތަޢާރަފްކުރުން
2014
ޔުނިވަރސަލް ހެލްތް އިންޝުއަރެންސް ސްކީމް ތަޢާރަފްކުރުން
2012
ކުންފުނި އުފެއްދުން
2011
