1. ކުއްލި ސިއްޙީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް.2. ނިޔާވެފައިވާ މީހުން އެމްބިއުލާންސްގައި އުފުލުމަށް.3. ބަލިހާލަތުގެ ގޮތުން އެނދުމަތިވެފައިވާ މީހުން، ހޮސްޕިޓަލަށް ދައްކަން ދިއުމަށް ނުވަތަ އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދުމަށް ދިއުމަށް.4. ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން (ޖިސްމާނީ، ނަފްސާނީ، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތައް) އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދުމަށް ދިއުމަށް.5. އެނދުމަތިކޮށްފައިވާ ބަލިމީހުން، އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހެދުމަށް އެއް ސިއްޙީ މަރުކަޒުން އަނެއް ސިއްޙީ މަރުކަޒަށް ބަދަލުކުރުމަށް.6. ރާއްޖެއިން ބޭރަށް ފޮނުވާލެވޭ ބަލިމީހުންނާއި، އެމަޖެންސީގައި ރަށުން ބޭރަށް ގެންދެވޭ ބަލިމީހުން ބަނދަރަށް ނުވަތަ އެއާޕޯޓަށް ގެންދިއުމަށް.7. ތެލެސީމިއާ ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް ނުވަތަ އައުޓްޕޭޝަންޓް ޚިދުމަތްތައް ހޯދުމަށް ދިއުމަށް.
އާދެ، އައި.ޔޫ.އައި ހެދުމަށް ހިނގާ ޚަރަދު އާސަންދަ ސްކީމްގެ ދަށުން ހަމަޖެހިފައިވެއެވެ. މި ޚިދުމަތް އާސަންދައިގެ ދަށުން ލިބެނީ ޓްރީޓޮޕް ހޮސްޕިޓަލުން، އެއްބަސްވެފައިވާ އުސޫލެއްގެ މަތިންނެވެ.ަ
އާދެ، އައި.ވީ.އެފް ހެދުމަށް ހިނގާ ޚަރަދު އާސަންދަ ސްކީމްގެ ދަށުން ހަމަޖެހިފައިވެއެވެ. މިވަގުތު މި ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދެނީ ހަމައެކަނި އައި.ޖީ.އެމް.އެޗް ގައެވެ.
ނުކުޅެދުންތެރިކަމުގެ ދަފްތަރާއި އެއާ ގުޅުންހުރި އެހީތެރިކަމުގެ ޕްރޮގްރާމްތައް ހިންގަނީ އެން.އެސް.ޕީ.އޭ އިންނެވެ. އެން.އެސް.ޕީ.އޭ އަށް ގުޅުއްވުމަށް 1402 އަށް ގުޅުއްވާށެވެ.
ޕޯޓަލްމެދުވެރިކޮށް ރެކޮމެންޑޭޝަން ފޯމް ޑޮކްޓަރ ފުރިހަމަކުރެއްވުމުން، ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް އެސްއެމްއެސް ނޮޓިފިކޭޝަނެއް ލިބޭނެއެވެ.
މިއީ ބަލިމީހާއަށް ފަރުވާދޭ ޚާއްޞަ ޑޮކްޓަރު my.aasandha.mv މެދުވެރިކޮށް އޮންލައިންކޮށް ފުރިހަމަކުރައްވާ ރަސްމީ ކްލިނިކަލް ލިޔުމެކެވެ. މި ލިޔުމުގައި ބަލިމީހާގެ ބަލި ދެނެގަނެވިފައިވާ ގޮތުގެ ތަފްސީލާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ސިއްހީ ސަބަބުތައް ބަޔާންކޮށްފައިވާނެއެވެ.