އާސަންދަ ސްކީމް - ބޭސްފަރުވާ ރާއްޖެއިން ބޭރުން
ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުން
ރާއްޖެއިން ލިބެންނެތް ޞިއްޙީ ފަރުވާތައް ހޯދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމު އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދެއެވެ. މިގޮތުން ބަލިމީހުން ފޮނުވަނީ އިންޑިއާ އަދި ސްރީލަންކާގައި އާސަންދައިގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ (އެމްޕެނަލް ކުރެވިފައިވާ) ހޮސްޕިޓަލްތަކަށެވެ.
ބެންކޮކް ނުވަތަ ޔޫ.އޭ.އީ ގެ ހޮސްޕިޓަލްތަކަށް ރިފަރަލް ހެދުމުގައި، އާންމުކޮށް ރާއްޖޭން ބޭރަށް ފޮނުވުމުގައި ބަލާ މިންގަނޑުތަކުގެ އިތުރުން އިތުރު ޝަރުޠުތަކަކަށް ބެލޭނެއެވެ. މި ޤައުމުތަކަށް ފޮނުވުމަށް އިސްކަންދެވޭނީ، ބޭނުންވާ ފަރުވާ އިންޑިއާ ނުވަތަ ސްރީލަންކާގެ އެމްޕެނަލް ހޮސްޕިޓަލްތަކުން ލިބެން ނެތް ހާލަތްތަކުގައި އެކަންޏެވެ.
ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން:
ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހެޅުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް ފުރިހަމަކުރަންވާނެއެވެ:
- ޚާއްޞަ ބަލިތަކުގެ ޑޮކްޓަރަކު ރިފަރަލް ފޯމު ފުރިހަމަކުރުން.
- ބަލިމީހާ ނުވަތަ ބަލިމީހާގެ ބެލެނިވެރިޔާ "މައި އާސަންދަ" (MyAasandha) ޕޯޓަލް މެދުވެރިކޮށް، ފްރަންޓް އޮފީސް، އަތޮޅުތެރޭގެ ކައުންޓަރުތައް އަދި އީމެއިލް މެދުވެރިކޮށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ފޯމު ހުށަހެޅުން.
ކޭސް ރަޖިސްޓްރީ ކުރުމަށްޓަކައި މި ފިޔަވަޅުތައް ފުރިހަމަކުރުމަކީ މަޖުބޫރު ކަމެކެވެ.
ކޭސް ރަޖިސްޓްރީ ކުރުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި އެސް.އެމް.އެސް މެދުވެރިކޮށް ކޭސްގެ އެންމެ ފަހުގެ މަޢުލޫމާތު (ސްޓޭޓަސް) ފޮނުވޭނެއެވެ. މީގެ އިތުރުން، އާސަންދަ ކަސްޓަމާ ސަރވިސް ހޮޓްލައިން 1400 އަށް ގުޅައިގެންވެސް ކޭސްގެ އަދާހަމަ ހޯދޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- އާސަންދަ ރިކޮމެންޑޭޝަން ފޯމް
- ބައްޔާ ގުޅުންހުރި ޑޮކްޓަރީ ލިޔުންތަކާއި ރިޕޯޓުތައް
- އައިޑީކާޑުގެ ކޮޕީ
- މެޑިފޯމް
ހ) އާސަންދަ ރިކޮމެންޑޭޝަން ފޯމު
-
-
- މި ފޯމަކީ ސަރުކާރުގެ ސިއްހީ މަރުކަޒެއްގެ ނުވަތަ އާސަންދަ ސްކީމްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ސިއްހީ ހިދުމަތްދޭ ތަނެއްގެ ހާއްސަ ބަލިތަކުގެ (ސްޕެޝަލިސްޓް) ޑޮކްޓަރަކު ފުރިހަމަކޮށްފައިވާ ފޯމަކަށް ވާންޖެހޭނެއެވެ.
- ޑޮކްޓަރު ފޯމު ފުރިހަމަކުރި ތާރީޚުން ފެށިގެން 60 ދުވަސް ހަމަވުމުގެ ކުރިން މި ފޯމު ހުށަހަޅަންވާނެއެވެ.
-
ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
-
-
- ފޯމު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް.
-
ނ) ބައްޔާ ގުޅޭ މެޑިކަލް ލިޔެކިޔުންތައް
-
-
- ފަރުވާ ހޯދަން ބޭނުންވާ ބައްޔާ ގުޅޭ އެންމެ ފަހުގެ މެޑިކަލް ލިޔެކިޔުންތަކުގެ ކޮޕީ. މީގެ ތެރޭގައި އެންމެ ފަހުން ދޫކޮށްފައިވާ ބޭސްސިޓީ، ލެބޯޓްރީ ޓެސްޓް ރިޕޯޓްތައް، އަދި އެކްސްރޭ ނުވަތަ ސްކޭން ރިޕޯޓް ފަދަ ލިޔެކިޔުންތައް ހިމެނެންވާނެއެވެ.
-
ރ) މެޑިކަލް އިންފޮމޭޝަން (MEDI) ފޯމު (ބޭނުންވާ ހާލަތްތަކުގައި)
-
-
- ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފުރޮޅުލީ ގޮނޑި، އޮކްސިޖަން، ވެންޓިލޭޓަރު ނުވަތަ ސްޓްރެޗާ ފަދަ ވަސީލަތްތައް ބޭނުންވާނަމަ، ވައިގެ މަގުން ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް "މެޑި ފޯމު" ހުށަހަޅަންޖެހޭނެއެވެ. މި ފޯމު އާސަންދަ އޮފީހުންނާއި އެއާލައިންތަކުގެ އޮފީސްތަކުން ލިބެން ހުންނާނެއެވެ. މެޑި ފޯމު ފުރިހަމަކުރަންވާނީ ބަލިމީހާ ބައްލަވާ ޑޮކްޓަރެވެ. އަދި ފޯމުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. ދަތުރުކުރާއިރު ބަލިމީހާ އަތުގައި މި ފޯމުގެ އަސްލު އޮންނަންވާނެއެވެ.
-
ދަތުރުގެ އިންތިޒާމުތައް
ދަތުރުކުރުމުގެ ކުރިން، ބަލިމީހާގެ ފަރާތުން 'ޕްރީ-ކައުންސެލިންގ އެކްނޮލެޖްމަންޓް' އީމެއިލް ނުވަތަ ސޮއިކޮށްފައިވާ 'ޕްރީ-ކައުންސެލިންގ' ފޯމުގެ އިތުރުން، ބޭނުންވާ ޙާލަތްތަކުގައި ސޮއިކޮށްފައިވާ އިޢުތިޒާރުގެ ލިޔުން (ކޮންސެންޓް ލެޓަރ) ފޮނުވަންވާނެއެވެ. 'މޯލްޑިވިއަން ހޮލިޑޭސް' އިން ފްލައިޓުން ޖާގަ ހުރިތޯ ބެލުމަށްފަހު، ބަލިމީހާގެ ފަރާތުން އާސަންދައަށް ގުޅައި އެކަން އަންގަންވާނެއެވެ.
ޓިކެޓް ދޫކުރުމަށްޓަކައި 'މޯލްޑިވިއަން ހޮލިޑޭސް' އަށް ފޮނުވާ ސިޓީގެ ކޮޕީއެއް ބަލިމީހާގެ ފަރާތުން ދީފައިވާ އީމެއިލަށް ފޮނުވޭނެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ފެށުމަށް ހޮސްޕިޓަލަށް ބޭނުންވާ 'ރިފަރަލް ލެޓަރ'، އާސަންދައިގެ ފަރާތުން އެޕްރޫވްކޮށްފައިވާ ހޮސްޕިޓަލަށާއި ބަލިމީހާގެ ފަރާތަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދޭނެއެވެ.
ބޭރުޤައުމުތަކުގައި އެމްބިއުލަންސްގެ ޚިދުމަތް ބޭނުންވާ ޙާލަތްތައް
ދަތުރުމަތީގައި ފުރޮޅުލީ ގޮނޑި، އޮކްސިޖަން، ވެންޓިލޭޓަރު ނުވަތަ ސްޓްރެޗަރުގެ އެހީތެރިކަން ބޭނުންވާ ފަދަ ކުއްލި ފަރުވާގެ ޙާލަތްތަކުގައި، އާސަންދައިން 'މޯލްޑިވިއަން ހޮލިޑޭސް' އާ ގުޅައިގެން ޓިކެޓް ދޫކުރުމާއި އެހެނިހެން ޟަރޫރީ އިންތިޒާމުތައް ހަމަޖައްސައިދޭނެއެވެ. މިފަދަ ބަލިމީހުން އެއާޕޯޓުން ހޮސްޕިޓަލަށް ގެންދިއުމަށް ބޭނުންވާ އެމްބިއުލަންސްގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެއެވެ.
ފްލައިޓްގެ ތާވަލަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން އާސަންދައަށް އަންގަންވާނެއެވެ. އަދި ބަލިމީހާ ރާއްޖެއިން ބޭރަށް ދިއުމަށްފަހު، އެ ޤައުމެއްގައި ބަލިމީހާއާ ގުޅޭނެ ފޯނު ނަންބަރެއް އާސަންދައާ ހިއްސާކުރަންވާނެއެވެ.