ޑިރެކްޓަރުންގެ ބޯޑް

އާމިނަތު ޒީނިޔާ
މެނޭޖިން ޑިރެކްޓަރު
މެނޭޖިން ޑިރެކްޓަރު
އައްޔަންކުރި ތާރީޚު
12 ފެބްރުއަރީ 2012 ގައި މެޑިކަލް ޑިރެކްޓަރގެ މަޤާމަށް ވަޑައިގެންނެވި އަލްފާޟިލާ އާމިނަތު ޒީނިޔާވަނި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް 28 ނޮވެންބަރު 2023ގައި ޢައްޔަންކުރެވިފައެވެ.
ތަޢުލީމީ ފެންވަރު
މެންޓަލް ހެލްތު، ނާސިންގ އަދި ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވެއެވެ.
ފަންނީ ތަޖުރިބާ
އާމިނަތު ޒީނިޔާއަކީ 2012 ވަނަ އަހަރުން ފެށިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑްގައި މެޑިކަލް ޑިރެކްޓަރުގެ މަޤާމާއި، އިސް ބައެއް އެހެނިހެން މަޤާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އާސަންދަ ކުންފުންޏާ ގުޅިވަޑައިގަތުމުގެ ކުރިން، އެކަމަނާ ވަނީ ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައި، ޤައުމީ ފެންވަރުގައި ސިއްހީ ކަންކަން ބެލެހެއްޓުމާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތުގެ ޕަބްލިކް ހެލްތު ޕްރޮގްރާމް ކޯޑިނޭޓަރުގެ މަޤާމު ފުރުއްވައި، އާންމު ސިއްހަތާ ގުޅުންހުރި އެކި ހަރަކާތްތައް ރޭވުމާއި ވިލަރެސްކުރުމުގައިވެސް ޚިދުމަތް ކުރައްވާފައެވެ.