ޑިރެކްޓަރުންގެ ބޯޑް

އަޙްމަދު ޝަކީބް
ނޮން-އެގްޒެކެޓިވް ޑިރެކްޓަރ
ނޮން-އެގްޒެކެޓިވް ޑިރެކްޓަރ
އައްޔަންކުރި ތާރީޚު
26 ޑިސެމްބަރ 2023
ތަޢުލީމީ ފެންވަރު
ރީޖެނެރޭޓިވް މެޑިސިން އިން ޕީ.އެޗް.ޑީ ޙާސިލްކުރައްވާފައިވާ ޝަކީބު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރައްވާފައި.
މެޑިކަލް ޓޫރިޒަމްގެ ދާއިރާއިން އެމް.ބީ.އޭ ހާސިލުކުރެއްވުމުގެ އިތުރުން، އޯތޮޕީޑިކް މެޑިސިން، ފުޓްބޯޅަ މެޑިސިން، މެޑިކަލް ޓޫރިޒަމް އަދި އިންޓަރނޭޝަނަލް ބިޒްނަސް އެންޑް ފައިނޭންސް ފަދަ ދާއިރާތަކުން އިތުރު ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައިވެއެވެ.

ފަންނީ ތަޖުރިބާ
ޑރ. އަޙްމަދު ޝަކީބަކީ ކުޅިވަރުގެ ބޭސްވެރިކަމުގެ ދާއިރާގައި 23 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ތަޖުރިބާކާރު ސްޕޯޓްސް ފިޒީޝަނެކެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅަކީ ދިވެހިރާއްޖެއާއި މި ސަރަޙައްދުގެ ކުޅިވަރުގެ ބޭސްވެރިކަން ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަސައްކަތްޕުޅެކެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޑިކަލް އޮފިސަރުގެ މަގާމުގެ އިތުރުން، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ) އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ.
ޑރ. ޝަކީބަކީ އޭ.އެފް.ސީގެ އެލީޓް މެޑިކަލް އޮފިސަރެއްގެ އިތުރުން ފީފާ (FIFA) އަދި އޭ.އެފް.ސީގެ ސެޓިފައިޑް ޑޯޕިންގ ކޮންޓްރޯލް އޮފިސަރެކެވެ. މީގެއިތުރުން، އެމަނިކުފާނަކީ ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައުންޑިންގ މެންބަރެއްގެ އިތުރުން އެ ޖަމިއްޔާގެ ނައިބު ރައީސްވެސް މެއެވެ. އަދި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ މެޑިކަލް ކޮމިޓީގައިވެސް އެމަނިކުފާނު ޚިދުމަތް ކުރައްވަމުން ގެންދަވައެވެ.
ދިރާސާ އަދި ޝާއިއުކުރުންތައް
އެމަނިކުފާނުގެ ޕީ.އެޗް.ޑީ ދިރާސާ ބިނާކުރައްވާފައިވަނީ ކުޅިވަރުގެ އަނިޔާތަކުން އަވަހަށް މިއަދުވުމަށް ބޭނުންކުރާ "ރިޖެނެރޭޓިވް މެޑިސިން" ނުވަތަ ހަށިގަނޑުގެ ސެލްތައް އާލާކޮށްގެން ދޭ ފަރުވާތަކުގެ މައްޗަށެވެ. މީގެ މަގްސަދަކީ އެތުލީޓުންނަށް ލިބޭ އަނިޔާތަކުން ހަށިގަނޑުގެ ސެލްތައް ފަސޭހަވުމަށް އެހީތެރިވެދޭނެ އާ އުސޫލުތައް ހޯދުމެވެ.
ޑރ. ޝަކީބަކީ ކުޅިވަރުގެ އަނިޔާތަކުން އަވަހަށް ފަސޭހަވުމަށް ބޭނުންކުރާ ޒަމާނީ ފަރުވާތަކާ ގުޅޭގޮތުން
Biologic Enhancements for Accelerated Athlete Rehabilitation
ނަމުގައި ދިރާސީ ފޮތެއް ޝާއިއުކުރައްވާފައިވާ މުސައްނިފެއްވެސް މެއެވެ. މި ފޮތުގައި އެތުލީޓުންގެ ފަރުވާއާއި ހުނަރު އިތުރުކުރުމަށް ބޭނުންކުރާ ކުރިއަރާފައިވާ ފަރުވާތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.